Stars Mentioned in Conjunction with Ship Parts
Compiled by Ahamed Nazim Sattar using Ibn Mājid’s Kitāb al Fawāʾid and Tibbetts’s Arab Navigation in the Indian Ocean. Best read together with Guided by the Stars: The Stellar Geometry of the Maldivian Dhoni by Mohamed Nasheed.
Which Fa'ida | Ship Part | Star(s) | What the Text Says | Dhivehi Text (Thaana) |
1st Fa'ida | fashan — the keel of Noah's Ark | Naʿsh's 5th and 6th stars (al-Hirāb) | These two stars are named after the fashan (keel) of Noah's Ark, because their shape resembles it — used as a backup for measuring altitude when Kochab's stars aren't visible. | ނާސީގެ 5 ވަނަ ތަރިއާއި 6 ވަނަ ތަރިއަށް ކިޔަނީ ފަށަން --- الهيراب --- އެވެ. މި 2 ތަރިއަށް އަޅައިގެން މިން ހިފަނީ، އުތުރަނަކަތް --- DENEBOLA الصرفة، މެދުއުޑަށް އަރައި، ފަރުގަދު KOCHAB ގެ ތަރިތައް ފެންނަން ނެތްނަމައެވެ. އެއީ އެ 2 ތަރީގެ ސިފައަކީ نوح ގެފާނުގެ ނާކޮޅުގެ ފަށަނުގެ ސިފަ ކަމުގައިވާތީއެވެ. |
3rd Fa'ida (mansion 7, Funos Nakaiy) | the prow | the two Eagles (Vega and Altair) | One must set the prow of the ship towards the two Eagles at the beginning of the night/season, and towards Funos Nakaiy at the end. | ...އޮޑީގެ ދިރުނބަލު މައްޔާ، ދެ ބާޒު (އަވިހިތަރި VEGA އާއި މުރިނގު ALTAIR) އާ ދިމާއަށް ބަހައްޓަން ޖެހެތީވެއެވެ. އަދި ހުޅަނގު މޫސުމުގެ ފަހުކޮޅު، ރޭގަނޑުގެ ފަހުކޮޅުގައި، ދިރުނބަލު މައްޔާ ހުންނާނީ ފުނޯސްނަކަތާ ދިމާއަށެވެ. |
3rd Fa'ida (mansion 7, same poem) | the mast | the two Eagles and Funos Nakaiy | The mast appears between the two Eagles; whenever the ship is flung about, the mast appears to strike both the Eagles and Funos Nakaiy. | ކުނބު ފެންނާނީ އަވިހިތަރިއާއި މުރިނގުގެ ދެމެދުންނެވެ. އެބަހީ އެ ދެތަރި ވަނީ ދިމާ ކުރިމަތީގައި، ދިމާ މަތީގައެވެ. އޮޑި ހެލޭ ކޮންމެ ފަހަރަކު، ކުނބު، އަވިހިތަރިއާއި މުރިނގުގައްޔާއި ފުނޯސްނަކަތުގައި ޖެހޭހެން ހީވެއެވެ. |
3rd Fa'ida (mansion 7, same poem) | the jawsh (luff) | the two Simaks — Arcturus and Spica | The jawsh pulls the ship's course between the two Simaks. | ދެން ބުނީމެވެ: ރިޔަލުގެ މޯރާދަށުން ދެ ސިމާގުގެ (ހެއިނަކަތް ARCTURUS އާއި ހިތަނަކަތް SPICA) ދެމެދަށް އެ އޮޑި ދަމައެވެ. އެބަހީ ރިޔަލުގެ މޯރާ ވަނީ އޮޑީގެ މާއޮނިފަރާތުގައެވެ. |
3rd Fa'ida (mansion 25, Hiyavihaa Nakaiy) | the rudder + the jawsh | (Hiyavihaa Nakaiy, contextually) | Used especially with the rudder, in the helmsman's hands: he sets his face on a port tack with a left-hand jawsh either SSE or due S, then changes to the other jawsh, the right-hand one (starboard tack), either ENE or E by N. | މީހަކު، ހުންގާނު ހިފުމުގައި ޚާއްޞަކޮށް ބޭނުންކުރުމަށް، މިއިން އާ ޤިޔާސްތަކެއް އުފެއްދިއެވެ. އެއީ ހުންގާނުހިފާ މީހާގެ އަތްމަތީގައިވާ ޤިޔާސްތަކެކެވެ. ފުރަތަމަ އޭނާގެ މޫނު، އޮޑީގެ ކުޑައޮނިފަރާތު ރިޔަލުގެ މޯރާ ދަށުން ސިއްލި އީރާނަށް ނުވަތަ ދިމާ ދެކުނަށް ބަހައްޓާނެއެވެ. ދެން އަނެއް މާވަނިފަރާތުން ރިޔަލުގެ މޯރާ، ތުރިއްޔާނު އީރާނަށް ނުވަތަ ތުރިއްޔާނު އިރުމައްޗަށް ބަދަލުކުރާނެއެވެ. |
3rd Fa'ida (mansion 26, Fura Badhuruva Nakaiy) | the daman and the jawsh of a ship's sail | Fura Badhuruva Nakaiy's two star-pairs (northern and southern) | The southern pair sits further apart than the northern pair in the same ratio as a ship's daman to its jawsh (10:13¼) — the same mathematics used in constructing ships' sails. | އޭގެ ދެކުނު ދެ ތަރީގެ ދެމެދުގައިވާ ދުރުމިން، އުތުރު ދެ ތަރީގެ ދެމެދުގައިވާ ދުރުމިނަށްވުރެ ބޮޑެވެ. އެއީ އޮޑީގެ ރިޔަލުގެ ދަންމާނު ކޮޅާއި ރިޔަލުގެ މޯރާކޮޅާ ދެމެދު ހުންނަ ނިސްބަތުންނެވެ. އެ ނިސްބަތަކީ 10:13¼ އެވެ. އޮޑިފަހަރުގެ ރިޔާ ފަހައި އުޅެނީ މި ހަމަތަކުގެ މައްޗަށް ކަމަށްވާތީ، ރިޔާ ފެހުމުގެ ޙިސާބުޢިލްމަށް މިވަރުން ފުދެއެވެ. |
4th Fa'ida (rhumb 2, Farqadan and Sulbir) | the oar | Sulbir (Achernar, of the constellation Argo — the celestial ship) | Sulbir is described as the oar of the boat (Argo). | ސިއްލަވާރަށް المحنّث ވެސް ކިޔެއެވެ. ... އަދި ކުރުކޮށްލުމުގެ ގޮތުން المَحْنَث ވެސް ކިޔެއެވެ. އެއީ ނާކޮޅުގެ ފަލިއެވެ. |
4th Fa'ida (rhumb 2, same passage) | front of the ship / astern | Kochab and Pherkad, and Sulbir (Achernar) | The Farqadan are opposite Sulbir on the compass card: when one is in front of the ship, the other is astern. | ދެ ފަރުގަދު ވަނީ ސަމުގާގެ ދާއިރާގައި ސުއްލަބާރާ އިދިކޮޅަށެވެ. ނަމަވެސް ނަޒަރުގައެއް ނޫނެވެ. ... އޮޑީގެ ބޯމަތީގައި އެއިން އެއް ތަރި ވާއިރު، ފަހަތުގައި ވަނީ އަނެއް ތަރިއެވެ. |
4th Fa'ida (rhumb 5, al-'Aiyuq and al-'Aqrab) | front of the ship / setting behind | al-'Aiyuq (Capella) and al-'Aqrab (Shaula) | When one is rising exactly in front of the ship, the other is setting exactly behind, and vice versa. | އެންމެހައި ކަނޑުދަތުރުވެރިންގެ ގާތުގައި އޭގެ އިދިކޮޅު ތަރިއަކީ އަގުރަބު (ގަލްބު) އެވެ. ނަމަވެސް ސީދާ ގޮތުންނަމަ އެއީ މުލަ SHAULA ނަކަތެވެ. އެހެންކަމުން، އޮޑީގެ ދިރުބާކޮޅުގައި އެއިން އެކަތި ސީދާ އަރަމުންދާއިރު، އަނެކަތި އޮއްސެނީ ދިމާ ކޮޅުފަސްކޮޅަށެވެ. އަދި އިދިކޮޅަށް ވެސް މެއެވެ. |
4th Fa'ida (rhumb 6, Vega and al-Iklil) | facing / directly behind | Vega and al-Iklil (Antares) | Whenever you set the ship facing one of these, the other will be directly behind. | މި ދޭތީގެ ތެރެއިން އެއް ތަރިއާ ދިމާއަށް އޮޑީގެ ދިރުބާކޮޅު ބަހައްޓައިފިނަމަ، އަނެއް ތަރި ސީދާ ކޮޅުފަސްކޮޅުގައި ވާނެއެވެ. |
4th Fa'ida (Sirius/Sulbir altitude discussion) | the bows of the ship | Sirius | Even sitting to measure, the navigator's line of sight to Sirius would not extend beyond the bows of the ship — illustrating how close and precise the reading is. | ނެވި ޤިޔާސްކުރާއިރު އިށީނދެ އިނދެ ޤިޔާސްކުރި ކަމުގައި ވިޔަސް، އޭގެ މަޤާމު އޮޑީގެ ދިރުބާކޮޅުން ބޭރެއް ނުވާނެއެވެ. |
5th Fa'ida (Stars used as extra rhumbs) | directly behind / directly in front | Aldebaran and al-Mirzam (Bellatrix) | Used as rhumbs on each side of al-Ta'ir: when ships have one of these two stars directly behind, the other is directly in front, in the navigators' terminology. | ފަހެ ރޯނު ALDEBARAN ނަކަތާއި ޖަޑިބުތަރި BELLATRIX ވަނީ މުރިނގު ALTAIR ގެ ދެ ފަރާތުގައެވެ. ... އޮޑީގެ ދިރުބަލުމައްޔާ އެ ދެ ތަރިން ކުރެ އެއް ތަރިއަށް ހުންނަ ހިނދު، އޮޑީގެ ކޮޅުފަސްކޮޅު ހުންނާނީ އަނެއް ތަރިއަށެވެ. މިއީ މާލިމީންގެ އިޞްޠިލާޙެވެ. |
6th Fa'ida (Dirat al-Mu'il — the coastal route) | the rudder, leaned on too heavily by a dozing helmsman | the Pole Star | Listed among the causes of a lengthened or off-course voyage: tides dragging the ship, wind throwing it off course, the compass's "al-Samka" defect, the helmsman dozing off or leaning too much on the rudder, or the pilot's ignorance of the Pole Star measurement for that place. | ސަމުގާގައި ޖެހޭ އުނިކަމެއް --- ސަމުގާއަށް ކިޔަނީ "ސަމަކާ" (السمكة) ނުވަތަ "ސަމަކަތުލް ޙުއްޤާ" (سمكة الحقة) އެވެ --- ނުވަތަ ހުންގާނުވެރިޔާ ނިދިޖެހުން، ނުވަތަ ހުންގާނުގެ މައްޗަށް މާ ބޮޑަށް ލެނބުން، ނުވަތަ އެއްވެސް ތަނެއްގައި ގަހާގެ ޤިޔާސް ދެނެގަތުމުގައި މާލިމީގެ މަޢުރިފާ މަދުވުމެވެ. |
6th Fa'ida (Dirat al-Iqtida' — Derived/Following Route) | the rudder + quddami, kalb, dasrur (off-centre parts of the ship) | the Pole Star (via the compass's "al-Samka" defect — rendered in the Dhivehi translation as the ḥajar farqadī / "Farqad-stone") | Course errors also arise from sailing on the quddami, the kalb, or the dasrur when the helm is fore-and-aft, especially in heavy seas — throwing off the Pole Star reading. | ނުވަތަ ސަމުގާ ގަޑުބަޑުވުމުން، ނުވަތަ "ނިޔަމިގައު" ފަރުގަދު ހިލައިން (حجر فرقدي) ރަނގަޅަށް ދަގަތްފާނުނުކުރެވި "ސަމުގާ ނުބައިވުމުން"، ނުވަތަ ހުންގާނު ދިރުނބަލަށް ނުވަތަ ކޮޅުފަހަށް ބަހައްޓާފައި ހުއްޓައި، ފައްސިޔައަށް (ޤުދާމީ)، ނުވަތަ ދިރުބާކޮޅު މައްކަމު ދަނޑިޔަށް، ނުވަތަ ދައްސޫރައަށް އޮޑި ދުއްވުމުންނެވެ. |
7th Fa'ida (Bashiyat wa Qiyasat — the al-Nūniyya poem) | two sails | Suhail (Canopus) and al-Difda' (Fomalhaut) | The poem's opening couplet — "I speak, and the ship passes by with two sails, in a night in which my eye cannot obtain any sleep" — sets the scene for the star-fetterings of Suhail and al-Difda' used for latitude near Khuriya Muriya. | އޭގެ ފަހުން އަންނަނީ ސިއްލި CANOPUS އާއި ބޮކުތަރި FOMALHAUT އިން މިންނެގުމެވެ. ... މިކަން އަހުރެމެން ބަޔާންކުރީ «އައްނޫނިއްޔާ» ގައެވެ. އޭގެ ފެށުމަކީ: އަހުރެން ބުނަމެވެ. ދެ ރިޔަލުގައި އޮޑި ދަތުރުކުރެއެވެ؛ އަހުރެންގެ ލޮލަށް ނިންޖެއް ނުލިބޭ ރެއެއްގައެވެ؛ |
8th Fa'ida (management of the ship and crew) | the compass-box's stand + the rudder | the Pole Star | Before departure, place the compass-box carefully (checking the stand isn't defective) and set the Pole Star by night in the same relative position you'd take it by day, so the night and day bearings agree; separately, the navigator is told to check all the ship's equipment, especially the rudder, at every opportunity, and never leave the helmsman alone. | ދެން ސަމުގާ އެތަނުގެ މަޤާމުގައި ބަހައްޓާށެށެވެ. ... ގަހާ އަށް ރަނގަޅަށް ރޭގަނޑު ނަޒަރު ހިންގާށެށެވެ. އަދި ދުވާލު ސަމުގާ ބޭނުންކޮށްގެން ކަނޑައަޅާ މަޤާމުގައި، ރޭގަނޑު ވެސް އެ ތަރި ބަހައްޓާށެށެވެ. ... އަދި ކޮންމެ ދަނޑިވަޅެއްގައި ވެސް އޮޑީ ގެ އާލާތްތައް، ޚާއްޞަކޮށް ހުންގާނު ބަލައި ފާސްކުރާށެށެވެ. ... އަދި ނިދާ ހިނދު ހުންގާނުހިފާ މީހާ އެކަނި ދޫނުކުރާށެށެވެ. |
12th Fa'ida (Kandu Badhaluvun — Change of Sea/Route) | dhirubaa — standing at the ship's prow | Simaagu (Arcturus) and Avihi thari (VEGA) | First-person account: standing at the prow of a large ship near Kamaran, watching the island appear cut off on both sides, with Simāk bearing and Vega rising in that direction. | ފަހެ ތަކުރާރުކޮށް އަހަރެން އެ ލޮލުން ދުށީމެވެ. ދެން އިރުމަތީ ކަނޑުގެ ރާޅު އޭގެ މައްޗަށް ބިންދަމުން ދިޔަ ތަން، އަހަރެންގެ ދެ ލޮލުން ދެކެމުން ދިޔައީމެވެ --- ބޮޑު އޮޑީގެ ދިރުނބާގެ މަތީގައި ހުރެ، އިރުމަތީގައި، ދުރުމިނެއްގައެވެ. ފަހެ އެއިން އެއްކިބާވެ، އެއިން އެނބުރުނީމެވެ. ދެން ކަމްރާނު އަހަރެންގެ ފަރާތުން، ދެ ކޮޅު ކެނޑިފައި ފެންނަމުން ދިޔައެވެ --- ސިމާގު އީރާނުން އަވިހިތަރި VEGA އަރާ ދިމާއަށެވެ. |